މަކަރާއި ޙީލަތުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ހިންގާ ކުށްތަކާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގުމަށް ކުރާ ކުއްތަކާއި ދެކޮޅަށް، ޖަލު ބަލައި ފާސްކުރުމަށް ކ.މާފުށީ ޖަލުގައި ޚާއްޞަ އޮަޕރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ރޭ ފަށާފައިވާއިރު ފުލުހުން ބުނީ ކ.މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ ޢަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން، މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެންނެވެ.
ސްކޭމްތަކާއި ގުޅޭގޮތުން މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން މިހާތަނަށް ޙާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އޮޅުވާލައިގެން މީހުންގެ މަޢުލޫމާތާއި، ފައިސާ ހޯދުމުގެ ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަކަމަށް ފާހަގަކޮށްފައިވަނީ ޖަލުތަކުންނެވެ.
މިކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށް، ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމާއި ދެކޮޅަށް މުއައްސަސާތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
މިއަހަރުގެ މިހާތަނަށް ސްކޭމާ ގުޅޭ 998 މައްސަލަ ހުށަހެޅިފައިވާއިރު އެކި ފަރާތްތަކަށް 23 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މި ސަރވިސްއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް މިރޭ ވަނީ ފެށިފަ
— Maldives Correctional Service (@CorrectionsMv) December 6, 2022
ސްކޭމްތަކާއި ގުޅޭގޮތުން މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން މިހާތަނަށް ޙާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އޮޅުވާލައިގެން މީހުންގެ މަޢުލޫމާތާއި، ފައިސާ ހޯދުމުގެ ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަކަމަށް ފާހަގަކޮށްފައިވަނީ ޖަލުތަކުންނެވެ.
މިކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށް، ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމާއި ދެކޮޅަށް މުއައްސަސާތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
މިއަހަރުގެ މިހާތަނަށް ސްކޭމާ ގުޅޭ 998 މައްސަލަ ހުށަހެޅިފައިވާއިރު އެކި ފަރާތްތަކަށް 23 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު