ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ސްވިޒަލޭންޑާއި ދެކޮޅަށް ޕޯޗުގަލުން ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުދޭން ނިންމައިފިއެވެ.

ރޮނާލްޑޯ ފުރަތަމަ އެގާރައިން ބާކީކޮށްފައި މިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު އަމަލާ މެދު ހިތްހަމަނުޖެހޭ ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފައިވަނިކޮށެވެ.

ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެޔާ އަތުން ބަލިވި ދުވަހު ރޮނާލްޑޯ ބަދަލުކުރަން ބުނުމުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ދަނޑުން ފައިބަމުން ކޮރެއާގެ ކުޅުންތެރިއަކާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނެފައި ދިޔަކަން ފާހަގަވިއެވެ. ކުޅިވަރުގެ އިތުބާރުހުރި މަސްދަރުތަކުން ހާމަކުރާގޮތުގައި ރޮނާލްޑޯ ބާކީ ކުރުމުގެ މައިގަނޑު ސަބަބަކީ އެއީއެވެ.

މިރޭގެ މެޗުން ރޮނާލްޑޯ ފެނުމުގެ ފުރުސަތު ކުޑަވެފައިވާއިރު އޭނާއަށް މިހާތަނަށް މި މުބާރާތުގައި ޖެހިފައިވަނީވެސް އެންމެ ގޯލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން