ސިޔާސީ ޕާޓީތަކަށް ވަންނަން ބޭނުންނުވާ މީހުންނަށް ވެސް ސިޔާސީ ޕާޓީތަކާއެކުގައި ހަރަކާތްތެރި ވެވޭނެ މަގެއް ހޯދުމަށްޓަކައި އެމްއާރްއެމުން މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީގެ ރައީސް، ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން އިލެކްޝަން ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަންނަން ބޭނުންނުވާ މީހުންނަށް ވެސް ސިޔާސީ ޕާޓީތަކާއެކުގައި ހަރަކާތްތެރި ވެވޭނެ މަގެއް ހޯދުމަށްޓަކައި އެޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕާޓީތަކާ ނުގުޅި ގިނަ ބަޔަކު ތިބެނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ހިތްހަމަނުޖެހިގެންކަމަށްވެސް ފާރިޝް ވަނީ ފާހަގަކުރަށްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީތަކުގެ ތެރެއިން ނޫން ގޮތަކަށް ގައުމަށް ޚިދުމަތް ކުރެވޭނެ މަގު ހުުޅުވިފައިނެތުމުން ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެެއް ލިބޭ ކަމަށެވެ.
"ނިޒާމު މިހާރު އޮތް ގޮތުން އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގެ ސަގާފަތް މިހާރު މި އޮތް ގޮތުން އޭގެތެރެއިން ގިނަ ބަޔަކަށް ގައުމަށް ޚިދުމަތް ކުރުމުން މަހުރޫމުވެފައި މި އޮންނަނީ،" ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް ވިދާޅުވިއެވެ.
މިއަދު އިލެކްޝަން ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ ކަންކަމާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް އަމަލު ކުރާ ގޮތް އިތުރަށް ހަރުދަނާ ކުރަން ރައްޔިތުން އެދޭ މިންވަރު އެ ޕާޓީން އީސީއާ ހިއްސާ ކޮށްފައިވާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު