އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނީ އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި އެޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ ދެ ފެކްޝަނަކަށް ބެހި އެއްބަޔަކު އަނެއް ބަޔަކަށް ޝޯޝަލް މީޑިޔާގައި ބަހުގެ ހަމަލާތައް ބަދަލުކޮށް ހޫނު ބަހުސްތައްވެސް އަންނަނީ ކުރަމުންނެވެ. ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަން ނިންމާފައިވާއިރު ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަށް ތާއިދު ކުރަށްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިރޭ ވިދާޅުވީ އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދެވޭނީ ރައީސް ސޯލިހަށް ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެޕާޓީގެ މެމްބަރުން ވޯޓްދޭނީ ޕާޓީއަށް ވެރިކަން ހޯދައިދޭނެ ކެންޑިޑޭޓަކަށް ކަމަށް ނިހާދު ވިދާޅުވިއެވެ.



"އެމްޑީޕީ މެމްބަރުން ނޭދޭ އެނބުރި އަނިޔާވެރިކަމަށް ދާން، އެމްޑީޕީގެ މެމްބަރުން ނޭދޭ ހުރިހާ ވެރިން ޖަލުގަައި ތިބޭ މަންޒަރު ދެކެން. 2023 އެމްޑީޕީ އަށް ކާމިޔާބު ކޮށްދެވޭނީ ރަަައީސް ސާލިޙަށްކަން ޔަގީން." ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލި ހަނދާން އާކުރަށްވައި ނިހާދު ވިދާޅުވިއެވެ.

ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރަށްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވެފައިވަނީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ." ކޯލިޝަން ސަރުކާރެއް އެންމެ ގިނަ ދުވަސް ވަންދެން އެންމެ ކާމިޔާބު ކަމާއެކު ހިންގެވުމުގެ ރިކޯޑް ހޯއްދަވާފައިވާ ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެެއް ކަނޑައަޅާނީ އެޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީއަށް ފަހުއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރިޚެއް ކަނޑައެޅުމަށްފަހު ފަހުން އެ ޕްރައިމަރީގެ ތާރިޚު އެހެން މުއްދަތަކަށް ވަނީ ފަސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު