އިބްރާހިމް ފަހީމް   6 ޑިސެމްބަރު 2022 - 19:31
19 ދިވެހީން ޝަހީދު ކޮށްލި ނޮވެންބަރު ތިނެއްގެ އުދުވާނާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގިފަހުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދެވި ސިއްކަ އަޙްމަދު އިސްމާޢީލް ރާއްޖެ ވަޑައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަވައްޓެރި ސްރީލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ދިރިއުޅުއްވުމަށްފަހު "ބޮޑު ސިއްކަ" މާލެ ވަޑައިގެންނެވީ އިއްޔެއެވެ.

ސިއްކަ އިސްމާޢީލަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ.

ސިއްކަ އިސްމާޢީލަކީ މީގެ 33 އަހަރު ކުރިން ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލުމަށް ތަމަޅަޓައިގަރުންނާއެކު ދިވެހީންގެ ބަޔަކު މާލެ އަރާ ހިންގި އުދުވާނުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކޮށްފައިވާ ބޭފުޅެކެވެ.

ނަމަވެސް، އޭނާ އަބަދުވެސް އެ ތުހުމަތަށް އިއުތިރާޒު ކުރައްވައެވެ. ސިއްކަގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި ސިއްކަގެ މައްޗަށް ކުށް ސާބިތުކުރީ ލާއިންސާނީ އަދަބުތައް ދީގެން ކަމަށެވެ.

ކުށް ސާބިތުވި ނަމަވެސް ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާއަށް އަފޫއާމް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު