އަހުމަދު މަސްނޫމް   6 ޑިސެމްބަރު 2022 - 15:11
އެމްއެންޑީއެފުން ހަތިޔާރާއެކު އައްޑޫ ސިޓީގައި ތަމްރީނުތަކެއް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެމްއެންޑީއެފް މެރިންކޯގެ ތަމްރީންތަކެއްގައި ސިފައިން އައްޑޫގައި ހަރަކާތްތެރިވާނެކަމަށާއި އެ ތަމްރީންތައް ސިޓީގެ ރަށްރަށުގެ ހުރިހާ އަވަށްތަކުގައި އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ.

ހަތިޔާރާއެކު ސިފައިން ދިގު މުއްދަތަކަށް އައްޑޫގައި ތަމްރީންތަކެއް ކުރިއަށްގެންދާއިރު މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ ތަމްރީންތަކަކީ ދުރާލާ އިއުލާންކޮށްގެން ކުރިއަށްގެންދާ ތަމްރީންތަކަކަށްވާއިރު، އައްޑޫގެ ތަމްރީންތަކާއި ގުޅޭ މައުލޫމާތު އާއްމުނުކުރި ސަބަބެއް ނޭނގެއެވެ.

އައްޑޫ ސިޓީގައި އެމްއެންޑީއެފުން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފައިވާއިރު، އައިއެސްއަށް ތާއީދުކުރާ ބަޔަކު ބޮން ގޮއްވަން އުޅުނު ކަމަށް ތުހުމަތުކޮށް އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު