އަހުމަދު މަސްނޫމް   6 ޑިސެމްބަރު 2022 - 13:53
ތިލަމާލެ ބްރިޖު މަސައްކަތްކުރުމުގެ ތެރޭގައި ބިންދައިގެން ގޮސް ކަނޑަށް ވެއްޓުނު ކެރޭނު ނަގައިފިއެވެ.

ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރަމުންދިޔަ ކެރޭނެއް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެކަން ހިނގަން މެދުވެރިވީ ކެރޭންގެ ބޫމް ފެއިލްވެގެންކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ކަނޑަށް ވެއްޓުނު ކެރޭން ރޭގެ ވަގުތެއްގައި ނަގާފައިވާކަމަށެވެ.

އަދި ކެރޭން ބިންދައިގެން ދިޔަޔަސް މަސައްކަތް މެދުކެނޑުމެއް ނެތި، ޕްލޭނާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ.

ބުރިޖު އެޅުމުގެ މަސައްކަތްކުރުމަށް އެފްކޯންސްއިން ޤާއިމުކޮށްފައިހުރި ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި ކެރޭނެއް ވެއްޓިފައިވާއިރު މީގެކުރިން އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށް އެރުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އެހާދިސާގައި ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު