އޮފީސްތަކުގެ ވެރިން، އެ މީހުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ގޮވައިގެން އުޅެން ދަސްކުރަންޖެހޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވިއިރު ސަރުކާރުގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިނެއް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
ސައުދު ވިދާޅުވީ ވަޒީފާގެ މާހައުލުގައި ގިނަ ބަޔަކަށް ޑިޕްރެޝަން މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އެތަނެއްގެ ވެރިންނަށް ތިބޭ ބަޔަކީ މުވައްޒަފުން ގޮވައިގެން އުޅެވޭވަރުގެ ގާބިލް ބަޔަކަށް ވެގެން ނޫނީ ނަފްސާނީ ދުޅަހެޔޮކަމެއް ލިބުން ދުރުކަމަށް ސައުދު ވިދާޅުވިއެވެ.
ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، ނަފްސާނީ ބަލިތައް ތަޙައްމަލް ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރުމެވެ.
މިކެމްޕެއިން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމާފައިވަނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރިއަށްގެންދިޔަ އެސެސްމަންޓުގައި ފާހަގަވި މުހިއްމު ކަންކަމުގެ މައްޗަށް ބިނާކޮށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރެއެވެ.

Rajjeyge vazeefaa maahalugai ginabayakah vanee depression mahsala thakaai kurimathi laan jehifa.Vazeefaa environment ge ethanhege vereenah thibey bayakee muvahzafun govaaing ulhevey varuge Qaabil bayakah vegen noonee nafusaanee dhulha heyo kameh libun dhuru.
— Saudulla Ahmed (@saudullaahmed1) December 6, 2022
ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، ނަފްސާނީ ބަލިތައް ތަޙައްމަލް ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރުމެވެ.
މިކެމްޕެއިން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމާފައިވަނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރިއަށްގެންދިޔަ އެސެސްމަންޓުގައި ފާހަގަވި މުހިއްމު ކަންކަމުގެ މައްޗަށް ބިނާކޮށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު