ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް މަސް ކިރުމުގެ މަސައްކަަތަށް އިތުރު 3 ބޯޓު ގަނެފިއެވެ.
މިފްކޯއިން ބުނީ މަސް ކިރުމުގެ މަސައްކަަތަށް އިތުރު 3 ބޯޓު ގަނެފައިވާއިރު މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
މިފްކޯއިން ބުނީ މި ބޯޓުތައް ރާއްޖެއަށް ގެނެވޭނެ ދުވަހަކާއި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލް ފަހުން އާއްމުކުރާނެކަމަށެވެ.
މަސް ކިރުމަށް މިފްކޯގައި މިހާރު އޮންނަ ދެ ބޯޓަކީ 100 ޓަނުގެ ޖަޒީރާ 102 އާއި 90 ޓަނުގެ މަހާ ކަލަމިންޖާއެވެ.
ސަރުކާރުން ދަނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.
އޭގެތެރޭގައި ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު