އެއްބަސްވުން ހަދައިގެން ކޯލިޝަނެއްގެ ތެރޭގައި ސަރުކާރު ބަހާލާ ވެރިން ޖަވާބުދާރީވާންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ކޯލިޝަން ސަރުކާރަކީ ގާނޫނު އަސާސީގެ ދަށުން ހުއްދަކުރާ ކަމެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.
ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރަކީ ގާނޫނު އަސާސީގެ ދަށުން ހުއްދަކުރާ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވާއިރު، ގާނޫނު އަސާސީގެ ދަށުން ފުަރަތަމަ ކޯލިޝަން ވެރިކަމެއް އުފެއްދީ ރައީސް ނަޝީދުކަމަށެވެ. އެހެންކަމުން އެއްބަސްވުމެއްގެ ތެރެއިން ކޯލިޝަނަށް ސަރުކާރު ބަހާލި ރައީސުން ޖަވާބުދާރީވާން އެބަޖެހޭކަމަށާއި، އެއީ ހަރަދުބޮޑުކޮށް ސަރުކާރު ހިންގި ވެރިންކަމަށް ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވާގޮތުން ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށާއި އެއީ އެ ނިޒާމާއި ބީރައްޓެހި ކަމެކެވެ. އަދި ކޯލިޝަން ހެދުމަކީ ޤާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމަށާއި ކޯލިޝަން ހެދުމަކީ އިންތިޚާބަަށް ފަހު ބަރުލަމާނީ ނިޒާމެއްގައި ކުރާ ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އެކަމަށް ސިޔާސީ އިތުރު ލީޑަރެއްގެ އެއްބާރުލުމެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވައެވެ. އަދި ރައްޔިތުންގެ ތެރެއިންވެސް މާބޮޑު ތާޢީދެއް އެކަމަކަށް އޮތްކަމަކަށް ނުބެލެވެއެވެ.

RN ves mihaaru eba vidhaalhuvey QA huhdha nukuraa kamah coalition hedhumakah. Ekamaku QA ge dhashun furathama coalition verikameh ufehdhee RN. Ehenkamun ehbas vumehge therein sarkar coalition ah bahaali raeesun javaabu dhaaree vaan ebajehey. Miee kharadhu bodu sarkar hingaa verin pic.twitter.com/pURHcAC6Am
— #TheNationals (@shar_f) December 5, 2022
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވާގޮތުން ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށާއި އެއީ އެ ނިޒާމާއި ބީރައްޓެހި ކަމެކެވެ. އަދި ކޯލިޝަން ހެދުމަކީ ޤާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމަށާއި ކޯލިޝަން ހެދުމަކީ އިންތިޚާބަަށް ފަހު ބަރުލަމާނީ ނިޒާމެއްގައި ކުރާ ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އެކަމަށް ސިޔާސީ އިތުރު ލީޑަރެއްގެ އެއްބާރުލުމެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވައެވެ. އަދި ރައްޔިތުންގެ ތެރެއިންވެސް މާބޮޑު ތާޢީދެއް އެކަމަކަށް އޮތްކަމަކަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު