ފީފާ ވޯލްޑްކަޕްގައި މިރޭ ކްރޮއޭޝިޔާއާއި ވާދަކޮށްގެން ޖަޕާން ބަލިވެއްޖެއެވެ.

މިރޭގެ މެޗަކީ މި އަހަރުގެ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ފަނަރަ މިނެޓުގެ ދެ ހާފު ވަނީ ކުޅެފައެވެ. ނަމަވެސް، 1 – 1 ގައި އޮތް ނަތީޖާ ބަދަލުނުވެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ.

މިމެޗުގައި ލަނޑު ޖަހާ ފުރަތަމަ ލީޑު ނެގީ ޖަޕާނުންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި ޖަޕާނުގެ މިލަނޑު ޖަހައި ދިނީ މައީޑާއެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.

ޖަޕާނު ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ދެވަނަ ހާފް ފެށިތަނާ ހެން ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އިވާން ޕެރަސިޗްއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނަށް ވައްދާލެވުނީ އެންމެ ޕެނަލްޓީއެކެވެ. އަނެއް ތިން ޕެނަލްޓީވެސް ކްރޮއޭޝިޔާގެ ކީޕަރު މަތަކުރީއެވެ.

2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާ މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ ބްރެޒިލް އަދި ސައުތް ކޮރެއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން