ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުންވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެެވެ.
ނިހާދު މިހެން ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގައި ހިމަނާފައި ކަމަށާއި ފަހުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކަމަށް އެއްބަސްވި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަަކަފުޅަށް ރައްދު ދެއްވަމުންނެެވެ.
ނަޝީދުގެ އެވާހަކަފުޅާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ހުރިހާ ޕާޓީތަކުން އެއްބަސްވެގެން ހެދި ކޯލިޝަންގެ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމުގެ ވާހަކައެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނިހާދު ވިދާޅުވީ ވެރިކަމުގެ މަސްތުން ދުރުގައި ހުންނަވަން ބޭނުންފުޅުވި ނަމަވެސް ދުރުގައި ހުންނެވުނީ ކުޑަ ދުވަސްކޮޅަކު ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި ކަމަށެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކަމަށް ނިހާދު ވިދާޅުވިއެވެ.
"އެހެންކަމުން ނިޒާމަށް ބަދަލު ގެނެސް އެކަން ކުރަން ވަރަށް ބޭނުންވާ ކަމަށް އޯޕަންކޮށް ރައީސް ނަޝީދު ވިދާޅުވި، ގައުމީ މަޖިލީހުގެ ނެތް ބޭފުޅުންނަށް އެކަން ސާފު ނުވެދާނެ،" ވެރިކަމުގެ ނިޒާމް ބަދަލުކުރަން އުޅެނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ އެދުންފުޅުގައިކަން ހާމަކުރަށްވައި ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ، ބަރުލަމާނީ އަކީ ވެރިކަން ކުރުމުގެ ނިޒާމަކަށް ކިޔާ ނަމެއް ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުގައި އޮތީ ބަރުލަމާނީގެ އެކި ވައްތަރުތައް ކަމަށެވެ. އަދި ރާއްޖެއަށް ގެންނަން އުޅެނީ ބަރުލަމާނީގެ ކޮންވައްތަރެއްތޯ ނިހާދު ވަނީ ސުވާލު ކުރަށްވާފައެވެ.
"ހެއު ވެރިކަމުގެ ނިޒާމޭ ބުންޏަސް ސާފެއް ނުވޭ، އެނގިގެން ނޫނީ އަދުގެ ދިވެހިން ތާއިދެއް ނުކުރާނެ،" ނިހާދު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެޕާޓީގެ މެމްބަރުން ގާތުގައިވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށާއި، ނަމަވެސް އެ ވައުދު ނުފުއްދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙްގެ މިދައުރުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށެވެ. އަދި، ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ކުރި މެނިފެސްޓޯ ކަމަށާއި، އޭގައި ނިޒާމީ ވޯޓާގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

Veri Kamuge masthun dhurugai hunnan Kithanme masakktheh kuriyas dhuruga hurevenee kuda dhuvaskolhaku kamah GM gai Raees Nasheed vidhaalhuvi! Ehenkamun Nizaam ah badhalu genes Ekan kuran varah Beynun kamah open Koh vidhaalhuvi! Gaumee Majlis gai neih beyfulhunnah Saafu nuvedhaane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 5, 2022
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނިހާދު ވިދާޅުވީ ވެރިކަމުގެ މަސްތުން ދުރުގައި ހުންނަވަން ބޭނުންފުޅުވި ނަމަވެސް ދުރުގައި ހުންނެވުނީ ކުޑަ ދުވަސްކޮޅަކު ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި ކަމަށެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކަމަށް ނިހާދު ވިދާޅުވިއެވެ.
"އެހެންކަމުން ނިޒާމަށް ބަދަލު ގެނެސް އެކަން ކުރަން ވަރަށް ބޭނުންވާ ކަމަށް އޯޕަންކޮށް ރައީސް ނަޝީދު ވިދާޅުވި، ގައުމީ މަޖިލީހުގެ ނެތް ބޭފުޅުންނަށް އެކަން ސާފު ނުވެދާނެ،" ވެރިކަމުގެ ނިޒާމް ބަދަލުކުރަން އުޅެނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ އެދުންފުޅުގައިކަން ހާމަކުރަށްވައި ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ، ބަރުލަމާނީ އަކީ ވެރިކަން ކުރުމުގެ ނިޒާމަކަށް ކިޔާ ނަމެއް ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުގައި އޮތީ ބަރުލަމާނީގެ އެކި ވައްތަރުތައް ކަމަށެވެ. އަދި ރާއްޖެއަށް ގެންނަން އުޅެނީ ބަރުލަމާނީގެ ކޮންވައްތަރެއްތޯ ނިހާދު ވަނީ ސުވާލު ކުރަށްވާފައެވެ.
"ހެއު ވެރިކަމުގެ ނިޒާމޭ ބުންޏަސް ސާފެއް ނުވޭ، އެނގިގެން ނޫނީ އަދުގެ ދިވެހިން ތާއިދެއް ނުކުރާނެ،" ނިހާދު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެޕާޓީގެ މެމްބަރުން ގާތުގައިވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށާއި، ނަމަވެސް އެ ވައުދު ނުފުއްދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙްގެ މިދައުރުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށެވެ. އަދި، ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ކުރި މެނިފެސްޓޯ ކަމަށާއި، އޭގައި ނިޒާމީ ވޯޓާގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު