ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް، ފީފާވޯލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގަތަރުން ދީފައިވާ ދައުވަތުގައި އެމަނިކުފާނު ވަޑައިގަންނަވާނީ އަމިއްލަފުޅު ހަރަދުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ވޯލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް ގަތަރަށް ވަޑައިގެންނެވުމަށް ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ އޮތީ ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުފުޅު ކުރައްވާ މެޗެއް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ރައީސް އެފަދަ ދަތުރުފުޅެއްގައި ވަޑައިގަންނަވާތީ ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް މިއުވާން މިއަދު ވިދާޅުވީ، ރައީސް ގަތަރަށް ވަޑައިގަތުމަށް ޓިކެޓު ނަންގަވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ޖީބުން ކަމަށާއި، ދަތުރުފުޅުގައު ހުރުމާއި ފަރިއްކޮޅު ހަމަޖައްސަނީ، ގަތަރު ސަރުކާރުން ކަމަށެވެ.
ރައީސް ޞާލިޙް ގަތަރަށް ފުރާވަޑައިގަންނަވާނެ ތާރީހެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ނަމަވެސް، ރައީސް ގަތަރަށް ވަޑައިގަންނަވާނީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗެއް ނުވަތަ ފައިނަލް މެޗް ބައްލަވާލެއްވުމަށް ކަމަށް މިއުވާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު