އެކި ގޮތްގޮތުން އޮޅުވާލައިގެން ރައްޔިތުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަތައް ނުވަތަ ސްކޭމްތައް ހުއްޓުވަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސްކޭމްތަކާއި ދެކޮޅަށް ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ބޭއްވި ވޯކްޝޮޕާއި ގުޅުވައި އިމްރާން މިއަދު ވިދާޅުވީ، ސްކޭމް ކޯލްތަކުގެ ސަބަބުން ރައްޔިތުންނާ ވިޔަފާރިތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކުރުމަށް، މިކަމުގައި ގުޅުންހުރި ހުރިހާ މުއައްސަސާތައް އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިމްރާން މިފަދައިން ވިދާޅުވިއިރު، މިއަދުވަނީ މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ވޯކްޝޮޕް ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށާފައެވެ.
މި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ސްކޭމް ކޯލްތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިޖްތިމާއީ ވެއްޓަށް އަރަމުންދާ ލޮޅުންތަކާއި، އިގްތިސާދީ ގޮތުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމަކީ ހިސާބު އަދަދުތަކުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާއެއް ބޮޑެތި ވޭންތައް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށާއި، ކުންފުނިތަކުގެ ހިސާބު ބަލަހައްޓައި ވަޒީފާ އަދާކުރުމަށް ވެސް ދަތި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ހަތަރުވަރަކަށް ސްކޭމް ކޯލްގެ މައްސަލަތައް ހުށަހެޅޭއިރު، މިކަން ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ސްކޭމް ކޯލްތައް މެދުވެރިކޮށް ފޭރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ކަމާގުޅުންހުރި މުއައްސަސާތަކުން މިކަމުގައި ގުޅިގެން މަސައްކަތްތަކެއް ފެށި މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު