ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢުން ފްލެޓް ބައްލަވައިގަތުމަށް ހުށައަޅާ އެޕްލިކޭޝަންތަކާއި ގުޅިގެން ހިންގޭ ހުރިހާ މުޢާމަލާތެއް ހިންގާނީ އެޗް.ޑީ.ސީގެ މައި ހުޅުމާލެ ޕޯޓަލުންކަމަަށް އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްތަކާއި ގުޅޭ އެއްވެސް ލިންކެއް އަދި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެކަމަށެވެ. އަދި ވިނަރެސްއާއި ބެހޭގޮތުން އިތުރު މަޢޫލޫމާތެއް ހިއްސާ ކުރާނަމަ ގުޅާނީ އެޗްޑީސީގެ ނަންބަރ 3353535 ފޯނުން އެކަނި ކަމުގައި ވެސް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް ހިންގުން އާއްމު ވެފައިވާ ދުވަސްވަރަކަށްވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުންކުރާ މަޢޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ވިނަރެސް ފުލެޓް ގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަނަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާއި ބެހޭ މަޢޫލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ބުނީ މި އޯޕަން ޑޭ ކުރިއަށްދާނީ މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.
މި އޯޕަން ޑޭ ކުރިއަށްދާނީ ހުޅުމާލޭ ވޯޓާސްއެޖްގައެވެ. އޯޕަން ޑޭގައި ކޮންމެ ފަރާތަކަށްވެސް ވަކި އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާއިރު، މިކަމާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ޙާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިންގ ޕޯޓަލް މެދުވެރިކޮށްކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު