ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް ބޭނުންވާ ބިން ހޯދުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި އޯޝަން ކަނެކްޓު މޯލްޑިވްސް، އޯސީއެމް އާއި ދެމެދު ސޮއިކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އޯސީއެމްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝިހާބެވެ.
އެޗްޑީސީން ބުނީ މިކަމަށް ބޭނުންވާ ބިން ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންކަމަށެވެ.
ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.
މި ކޭބަލް ހުޅުމާލެ ފޭސް ދޭކަށް 2023 ވަނަ އަހަރު ނިމުމުގެ ކުރިން އަޅާނެކަމަށާއި އަދި އެހާތަނަށް އެ ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް އޯސީއެމްއިން ލަފާކުރެއެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި އަދި އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު