ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކުރުމުގެ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނީ ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، ގިނަ ދުވަސްވެފައިވާ މައްސަލައިގައި އާއްމުންގެ ގިނަ ޝަކުވާތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިނިސްޓްރީއިން މިދިޔަ މަހުން ފެށިގެން ކުރަމުންދާކަމަށެވެ. އެގޮތުން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ، މިސްކިތުގެ އޭސީތައް މާރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްގެން ކުރިއަށްދާކަމަށް މިނިސްްޓްރީން ބުނެފައި ވެއެވެ. އަދި މަސައްކަތްތައް ލަސްވަނީ ރާއްޖެއިން ބޭރުން ބައެއް ސާމާނު ގެންނާތީކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި މިމަހު 15 ގެ ކުރިން ލިބޭނެކަމަށާއި، މުޅި މަސައްކަތް މިމަހު 25 ގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެހީގެ ދަށުން ހެންވޭރުކޮޅުގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވާ، މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުއެވެ.
ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހިމެނޭހެން 4000 މީހުންނަށް ނަމާދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު