ވައުދުތަކަކީ ރައްޔިތުން ދަރުވާލައިގެން ފުއްދަންޖެހޭ އެއްޗެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓެއްގެ ވާހަކައެއް ސަރުކާރު ކޯލިޝަން މެނިފެސްޓޯގައި ނެތްކަމަށް ސަރުކާރުގެ ތަރުޖަމާން ވިދާލުވާ ވާހަކައަށް އިޝާރާތް ކުރަށްވައި ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހިންގައި ކޯލިޝަން ޕާޓްނަރުންނަށް ދައުލަތް ބަހާލާ ވާހަކައެއްވެސް ގާނޫނުއަސާސީގައި ނެތްކަމަށެވެ.
ޝަރީފް ވިދާޅުވީ ވައުދުތަކަކީ ރައްޔިތުން އަވައްޓެރިންނަށް ދަރުވާލައިގެން ފުއްދަންޖެހޭ ކަމެއް ނޫންކަމަށެެވެ. އަދި އެއީ މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން ފުއްދައިދޭންޖެހޭ އެއްޗެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ގާނޫނު އަސާސީގައިނެތް ކޯލިޝަން ސަރުކާރެއް ހިންގައި ކޯލިޝަން ޕާޓްނަރުންނަށް ދައުލަތް ބަހާލާ ވާހަކައެއް، ވައުދުތަކަކީ ރައްޔިތުން އަވައްޓެރިންނަށް ދަރުވާލައިގެން ފުއްދަންޖެހޭ ކަމެއްނޫން، މަސައްކަތްކޮށްގެން ފައިސާހޯދައިގެން ފުއްދައިދޭންޖެހޭ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
މިއަދު ސިޔާސީ މަސްރަހުގައި އެންމެ ހޫނުކޮށް ދެކެވެނީ އެމްޑީޕީގެ އެތެރޭގަައި އުފެދިފައިވާ ސިޔާސީ ޚިޔާލުތަފާތުވުން ތަކާއި ސިޔާސީ އަރައިރުމުގެ ވާހަކަތަކެވެ. އެގޮތުން ރައީސް ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސް ސާލިހަށް އެމްޑީޕީގެ ޓިކެޓް ކާމިޔާބުކޮށްދީ، އިތުރު ދައުރެއް އެމަނިކުފާނަށް ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު