އިހުގައި ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ދިވެހި ބޮލި ވަޅެއް ދ. ރިނބުދޫގެ މަގު ކޮންނަމުންދަނިކޮށް ފެނިއްޖެއެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ދ.ރިނބުދޫ އިން މިއަދު ބޮޅިވަޅު ފެނިފައިވަނީ ރަށުގެ ދެކުނު ފަރާތުން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަކުންކަމަށެވެ. އަދި ބެލެވޭ ގޮތުގައި މިއީ ވަރަށް ކުރީ ޒަމާނެއްގައި މި ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެއްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެންނަ ފެނުމަށް މި ބޮލިވަޅުގައި އެތައް ހާސް ބޮއްޔެއް ހުންނާނެއެވެ.
ހާސް އަހަރަށްވުރެ ކުރިން ފެށިގެން މީހުން ދިރިއުޅެމުން އަންނަ ރިނބުދޫ އަކީ އޭރުގެ ނިސްބަތުން ބޮޑެތި މުއްސަނދިން ދިރި އުޅުނު ރަށެއްކަން ފެންނަ އަސާރީ ހެކިތަކުން ބުނެދޭކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.
ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ހިންގަން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާއިރު މިފަދަ އާސާރީތަކެތި ރާއްޖެގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.

އިހުގައި ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ދިވެހި ބޮލި ވަޅެއް ދ.ރިނބުދޫގެ މަގު ކޮންނަމުންދަނިކޮށް ފެނިއްޖެ.@yumna_maumoon @HaathimIbrahim @MoACHmv @AbulhoLuco @nafiz_yoosuf @ManadhooThoriq @Lucasjalyl pic.twitter.com/uNRRydEitp
— Ahmed Niyaz Nizar™🇲🇻 (@NaibuMV) December 5, 2022
ހާސް އަހަރަށްވުރެ ކުރިން ފެށިގެން މީހުން ދިރިއުޅެމުން އަންނަ ރިނބުދޫ އަކީ އޭރުގެ ނިސްބަތުން ބޮޑެތި މުއްސަނދިން ދިރި އުޅުނު ރަށެއްކަން ފެންނަ އަސާރީ ހެކިތަކުން ބުނެދޭކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.
ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ހިންގަން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާއިރު މިފަދަ އާސާރީތަކެތި ރާއްޖެގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު