ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ 6 މީހަކު އަތުލައިގެންފައެވެ. އަދި އެ އެންމެންނަކީވެސް ދިވެހިންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޮޕަރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިމައްސަލާގައި ހައްޔަރު ކުރި 6 މީހުންގެ ތެރެއިން، ތިން މީހެއްގެ ބަންދަށް ވަނީ 30 ދުވަސް އަދި ދެ މީހެއްގެ ބަންދަށް 25 ދުވަސް ވަނީ ޖަހާފައެވެ. އަދި އެކަކުވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު، ގިނަ އަދަދަދެއްގެ ފައިސާވެސް ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު