ގއ. ވިލިނގިލީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގއ. ވިލިނގިލީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީީސީއާއެވެ. އެ މަސައްކަތް އެ ކުންފުންޏާއި މިދިޔަ މޭމަހު ހަވާލުކޮށްފައިވާއިރު މިއަދު ވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ.

އާރުޑީސީން ބުނީ ވިލިނގިލީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ.



ވިލިނގިލި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ތާރުއަޅައިގެން މިހާރު ހަދާފައިވާ ބައެއް މަގުތައް މަރާމާތުކުރުން ވެސް ކުރިއަށްދާނެއެވެ.

ވިލިނގިިިިިިިިިލި މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 98.3 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 490 ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު