އިބްރާހިމް ފަހީމް   3 ޑިސެމްބަރު 2022 - 22:42
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ބ. މާޅޮހަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

މިއަދު މެދުނުކެނޑި ވެހުނު ވާރޭގައި އެ ރަށުގެ ބޮޑެތި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މާޅޮހުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ 18:50 ހާއިރުން ފެށިގެން އެ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑު ހިއްދުމަށް މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން މިއަދުވެސް އުތުރުގެ ރަށްރަށަށް އޮތީ ވައިޓް އެލަރޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު