ރާއްޖޭގެ އާބާދީ މަދު ރަށްރަށުގައި ވެސް މި ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދާތީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ފާޑުވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ގދ. ތިނަދޫއަށް އިއްޔެ ރައީސް ނަޝީދު ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވަނީ ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ބޮޑެތި ހަރަދުކޮށްގެން ނަރުދަމާ ނިޒާމް ގާއިމްކުރުމަށްވުރެ އެ ފައިސާއިން އާބާދީ ބޮޑެތި ރައްރަށުގެ ބޯހިޔާވަހިކަމަށާއި އާމްދަނީ ލިބޭނެ އިތުރު ދާއިރާތަކަށް ހޭދަކުރުން ބުއްދިވެރި ކަމަށް ވިދާޅުވެފައެވެ.
"ނަރުދަމާގެ ނިޒާމެއް 60 މީހުން ދިރިއުޅޭ ރަށެއްގައި ހަދަން އެބަ ދޭ 60 މިލިއަން ރުފިޔާ. އަޅުގަނޑަށް ފެންނަނީ އެ ފައިސާ މީހުން ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫތަކަށް ހަރަދުކުރަމުން ދިއުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މިޚިޔާލުފުޅަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިބީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެ ރަށްރަށުގައި އެމްޑީޕީ ވެސް ބޮޑުކޮށް އެބައޮތް ކަމަށެވެ.
"ރައީސް ނަޝީދު ކިހިނެއް ވެގެން ތިއުޅެނީ؟ އެމްޑީޕީއަށް ވެރިކަން ނުލިބޭނެގޮތް ހެދުމުން ގެއްލުން ވާނީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް! ރައްޔިތުން ނެތް ތަނެއްގައި ކޮން ބޮޑު ވަޒީރު ކަމެއް. ފުނޑާނުލާ!" ނިހާދު ރައީސް ނަޝީދަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު