މުޖްތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ފުރުސަތު ފަހިކޮށްދިނުން ކަށަވަރުކުރަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު، މުޖްތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަގުވަޒަންކޮށް، އެމީހުންނަށްވެސް މަލާމާތާއި ތަފާތުކުރުމެއް ނެތް ރަނގަޅު ދިރިއުޅުމެއް އުޅުމަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭން ކުރާ މަސައްކަތް ވަރުގަދަކުރަންޖެހޭކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއާއި އާމްދަނީ ލިބޭނެ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. އަދި މުޖްތަމައުގައި އެމީހުންނަށް ދަތިވާ ގޮތަށް ހުންނަ ކަންކަން ބަލައި އެކަންކަމަށް ލުއި ފަސޭހަ ގޮތްތައް ދަނީ ހަމަޖައްސަވައިދެމުންނެވެ.
މީގެއިތުރުން ނުކެޅުންތެރިކަން ހުންނަ މީހުންނަށް ކަމޭހިތުމާއި އެމީހުންނަށް ތަފާތު ނުކުރުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދެއެވެ.

On #InternationalDayofPeoplewithDisabilities we reaffirm our commitment to ensure an inclusive society where people with disabilities are valued and afforded every opportunity to live meaningful lives free of discrimination and stigma.
— Ibrahim Mohamed Solih (@ibusolih) December 3, 2022
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއާއި އާމްދަނީ ލިބޭނެ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. އަދި މުޖްތަމައުގައި އެމީހުންނަށް ދަތިވާ ގޮތަށް ހުންނަ ކަންކަން ބަލައި އެކަންކަމަށް ލުއި ފަސޭހަ ގޮތްތައް ދަނީ ހަމަޖައްސަވައިދެމުންނެވެ.
މީގެއިތުރުން ނުކެޅުންތެރިކަން ހުންނަ މީހުންނަށް ކަމޭހިތުމާއި އެމީހުންނަށް ތަފާތު ނުކުރުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދެއެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު