އަހުމަދު މަސްނޫމް   3 ޑިސެމްބަރު 2022 - 14:55
2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވާނީ މީގެކުރިން ރާއްޖޭގައި ވެރިކަންކޮށްފައި ނުވާ ބޭފުޅެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަނީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެނެވެ.

ޝަރީފް ވިދާޅުވީ 2008ގެ ފަހުން އަދި އެއްވެސް ވެރިޔަކު ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަންކޮށްފައި ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފު ނުވާ އެންމެ ވެރިޔަކުވެސް މިހާތަނަށް ވެރިކަން ނިންމާފައިނުވާކަމަށެވެ. އަދި ކުރިން ވެރިކަންކޮށްފައި ހުރި މީހަކު ވެރިކަމަށް ގެންނަންވެސް ދިވެހިން ބޭނުންނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"2008ގެ ފަހުން އަދި އެއްވެސް ވެރިޔަކު ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ނުކުރޭ. ގާނޫނުއަސާސި އާއި ހިލާފު ނުވާ އެންމެ ވެރިޔަކުވެސް އަދި ވެރިކަން ނިންމާފައެއް ނެތް. މިރާއްޖެ ދެން ދެކެން ބޭނުމެއް ނުވޭ މާޒީ ރިޕީޓްވާ ތަނެއް. 2023 އިން ފެށިގެން ދެން ވެރިކަންކުރާނީ މުޅިން އައު ވެރިއެއް." ޝަރީފް ވިދާޅުވިއެވެ.

ދިވެހިން ބޭނުންވަނީ އައު ވެރިއެއްކަމަށް އެމްއެންޕީގެ ނައިބު ލީޑަރު ވިދާޅުވިއިރު، އެ ޕާޓީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. އަދި ރިޔާސީ ޕްރައިމަރީއަށްވެސް ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު