އަމީނީމަގު ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2 ވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން، ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރުޑީސީން ފެށީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ.

ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތާއްޔާރީތަކެއް އާރް.ޑީ.ސީގެ ފަރާތުން ވަނީ ވެފައެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތްތައް ނިންމާލަފައިވާއިރު، ދެވަނަ ސެގްމަންޓްގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.



މި ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.

މި ސެގްމަންޓުގެ މަސައްކަތް ފެށުމުގެގޮތުން އެ ސަރަޙައްދުގެ ގާތައް ނެގުމުގެ މަސައްކަތް އާރް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. އަދި އެއަށްފަހު އެ ސަރަޙައްދު ކޮނެ، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދާނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު