އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މިހާރު މާބޮޑަށް ލަސްވެއްޖެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ހިޔާނާތުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ނިޒާމެއް ދެނެގަނެވިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނުމާއި ގުޅިގެންނެވެ.
އޭސީސީގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ހިޔާނާތްތެރިވި ފައިސާ ނެގި މީހުންނާއެކު ޕްރޮސެކިއުޓަރ ޖެނެރަލް އަދި ސަރުކާރުން ވަނީ ވަކި ގޮތަކަށް އެއްބަސްވެފައިކަމަށެވެ. އަދި ފައިސާ ހޯދަންވެސް މާބޮޑަށް ލަސްވެއްޖެކަމަށާއި، އަދި އެ ފައިސާ އަނބުރާ ހޯދޭނެކަމަކަށް ފެނިވަޑައިގަނުންނަވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ހިޔާނާތްތެރިވި ފައިސާ ނެގި މީހުންނާއެކު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އަދި ސަރުކާރުން ވަނީ ވަކި ގޮތަކަށް އެއްބަސްވެފައި. ފައިސާ ހޯދަން މާބޮޑަށް ލަސްވެއްޖެ. ފައިސާ އަނބުރާ ހޯދޭނެކަމަކަށް ނުފެނޭ." މުއިއްޒު ވިދާޅުވިއެވެ.
އޭސީސީގެ އޮފިޝަލަކު މިދިޔަ ހަފްތާގައި މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިހާރުގެ ކޮމިޝަނުގެ މެމްބަރުން ހަވާލުވެ، އެންމެ އިސްކަމެއްގެ ގޮތުގައި މަސައްކަތްކުރީ އެސެޓް ރިކަވާ ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށްކަމަށެވެ. އަދި މުއައްސަސާތަކާއެކު ކުރި މަސައްކަތުން އެ މަގު ދެނެގަނެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެއީ މުދާ ރިކަވާ ކުރާނެ ވަށައިޖެހޭނެ ފުރިހަމަ ނިޒާމެއްކަމަށް ބުނެފައި ވެއެވެ. އަދި އެއީ ކުށްކުރަން ބޭނުންކުރި ފައިސާ އާއި ކުށް ކޮށްގެން ހޯދި ފައިސާ ދައުލަތަށް ނެގޭނެ ގޮތުގެ އޮނިގަނޑެއްކަމަށްވެސް އޭސީސީން ބުނެއެވެ.
ދައުލަތުގެ ފައިސާއިން އެކި ސަރުކާރުތަކުގައި ބޮޑެތި އަދަދުތަކުން ހިޔާނާތްތެރިވެފަެި ވާކަން އޮޑިޓް ރިޕޯޓްތަކުން ހާމަވެފައި ވީ ނަމަވެސް އެފަދަ ކަމެއްގައި ދައުލަތަށް ގެއްލޭ ބޮޑެތި އަދަދުތައް ދުވަހަކުވެސް ދައުލަތަށް އަނބުރާ ލިބިފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު