ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެސް މަސައްކަތެއް ކޮށްފަައިނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑީޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެެވެ. އެހެން ނަަމަވެސް ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެގޮތުން ރިހެބިލިޓޭޝަން ސެންޓަރުތަށް ގާއިމްކުރުމާއި ޑްރަގު ފަރުވާ ޕްރޮގުރާމްތައް ރާވައި އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި ވެސް ޑްރަގުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގްގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ޑްރަގު ބޭނުންކުރާ މީހުން ފަރުވާއަށްފަހު އަލުން އަނބުރާ މުޖުތަމައަށް ނިކުތުމުން ހުރިހާ ފަރާތްތަކުން އެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހޯދައިދޭންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ޑްރަގު ބޭނުންކުރާ މީހުން މުޖުތަމައަށް ނިކުމެ ކުރާނެ ކަމެއް ނެތިފައި ތިބެންޖެހުމަކީ އަނެއްކާވެސް އެމަގަށް ދިޔުމަށް މަގުފަހިވެގެންދާ ކަމެއް، އެގޮތުން އެކުދިންނަށް ކޮމިއުނިޓީ ރީއިންޓަގްރޭޓް ޕްރޮގުރާމްތައް ހިންގައި ވަޒީފާތައް ހޯދައިދެވި އެ ކުދިންނަށް މުސްތަގުބަލެއް ފެންނާނެ ގޮތަކަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ، އަޅުގަނޑު ދަންނަވާނީ މި ހުންނަކީ ކޮންކުރީޓް ތަރައްގީއެއް ނޫން، މި ހުންނަނީ ވަރަށް މުހިންމު ކޮންމެހެން ކުރަންޖެހޭ ކަންތައްތައް." ރޮޒައިނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު