ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވާކަމަށެވެ. އަދި އެކަން ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރަމުންދާތީކަމަށް އެ އިދާރާއިން ބުނެއެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގައި މައްސަލައެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް އިލްތިމާސްކުރާކަމަށެވެ.
ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. އަދި ވައިގެ ނުސާފުކަން އެންމެ ގޯސްކަމަށް ދައްކަނީ ކުޅުދުއްފުށީ ސިޓީ ހިމެނޭ ސަރަޙައްދުގައިކަމަށްވެސް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވައިގެ ނުސާފުކަން މިވަރު ހުރި މިންވަރުން ނޭވާލާ ނިޒާމު ނާޒުކު ހާލަތުގައި ހުންނަ މީހުންނަށް މައްސަލަ ދިމާވުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި އެހެން މީހުންވެސް ބޭރުގައި އުޅުމުގައި ރައްކާތެރިވުމަށް ވަނީ އެދިފައެވެ.

ވައި ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކް އިން https://t.co/P2RLdRsd3v ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބައްލަވާ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ. pic.twitter.com/WGfXeWvSiS
— Health Protection Agency (@HPA_MV) December 2, 2022
ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. އަދި ވައިގެ ނުސާފުކަން އެންމެ ގޯސްކަމަށް ދައްކަނީ ކުޅުދުއްފުށީ ސިޓީ ހިމެނޭ ސަރަޙައްދުގައިކަމަށްވެސް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވައިގެ ނުސާފުކަން މިވަރު ހުރި މިންވަރުން ނޭވާލާ ނިޒާމު ނާޒުކު ހާލަތުގައި ހުންނަ މީހުންނަށް މައްސަލަ ދިމާވުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި އެހެން މީހުންވެސް ބޭރުގައި އުޅުމުގައި ރައްކާތެރިވުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު