ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އެތައް ޒަމާނެއް ވަންދެން އޮންނާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެމްޑީޕީއަށް ނާކާމިޔާބުވާން ނެތް ކަމަށާއި އެމަނިކުފާނުގެ އުއްމީދު ނުގެއްލޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި މަސައްކަތުގައި ދެމި ތިބެވެންޖެހޭ އެންމެ މުހިއްމު، ހަމައެކަނި ސަބަބަކީ ވެސް މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން." ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަމަށް އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ އިއުލާންކުރަށްވާފައެެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެެ.
އަޑުފެތުރިފައިވާ ގޮތުން ނަޝީދު ތިނަދޫއަށް ހުކުރުދުވަހު ވަޑައިގެންނެވީ އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓެވުމަށެވެ. ނަމަވެސް ތިނަދޫގައި ބޭއްވި ޖަލްސާގައި އެފަދަ ވާހަކަފުޅެއް ނަޝީދު ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު