ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ތިނަދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ އެމްޑީޕީ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށްކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް، ރަސްމީކޮށް އެކަން އަދި އެމަނިކުފާނުގެ ފެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަޝީދުގެ އިތުރުން ރައީސް ޞާލިޙް ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ވަނީ ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު