ރާއްޖޭގައި އަލަން އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭ މައްސަލަ ސަރުކާރުން ހައްލުކުރާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައްޔިތުން މަޖިލީހުން ފާސްކުރުމާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލް މަޖިލީހުގެ ގައުމީ ތަރިކައާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކޮށް، ތަޅުމަށް ފޮނުވުމުން އެ ބިލު ފާސްކުރީ 52 މެމްބަރުންގެ ތާއިދާ އެކު އެވެ. އެކަމަށް އިޝާރަތް ކުރަށްވައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެއީ މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރުމަށް ހިންގާ "އޮޕަރޭޝަން"ގެ ކުޑަ މިންވަރެއް ކަމަށެވެ.
"ތިޔަ މައްސަލަ (ހަފުތާއެއްގެ ތެރޭގައި އުފަންވާ ކުދިން ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާ ކުރާ މައްސަލަ) ސަރުކާރުން ހައްލު ކުރާނެ." ނިހާދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާއެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭ ކަމަށް ވެސް އެ ބިލުގައިވެއެވެެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

Majlis in Sarukaarah Jessun kurumah Hingaa “Operation” ge kuda minvareh!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 1, 2022
"ތިޔަ މައްސަލަ (ހަފުތާއެއްގެ ތެރޭގައި އުފަންވާ ކުދިން ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާ ކުރާ މައްސަލަ) ސަރުކާރުން ހައްލު ކުރާނެ." ނިހާދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާއެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭ ކަމަށް ވެސް އެ ބިލުގައިވެއެވެެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު