އަންނަ ފެބްރުއަރީމަހު ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރި 165 ރޯހައުސް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަކަމަށެވެ. އަދި ކުޅުދުއްފުށީގައި މިވަގުތުވެސް 1200 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބިކަން މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.
މިނިސްްޓަރ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުޅުދުއްފުށީގައިވެސް ކުރިއަށް ގެންދިޔުންކަމަށެވެ.
"އަންނަ އަހަރުގެ ފެބްރުއަރީ މަހު 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ. މިރަށަށް އިތުރު ހައުސިންގ ޔުނިޓު ގެންނާނަން." މިނިސްޓަރ ވިދާޅުވިއެވެ.
ޑިޒައިން އެންޑް ބިލް އުސޫލުން ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް މިސަރުކާރުން ޢިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި ޑިޒައިން ނިންމާ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ.
މި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ މި މަޝްރޫއަށް ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރި 165 ރޯހަރުސްތައް ނިންމާ އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. pic.twitter.com/7QFlbSzRyu
— Min.of National Planning, Housing & Infrastructure (@MoNPHImv) December 1, 2022
މިނިސްޓަރ އަސްލަމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި ޑިޒައިން ނިންމާ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ.
މި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ މި މަޝްރޫއަށް ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު