ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު 7 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގަައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓްވުމުގެ އެއްވެސް ބިރެއް ނެތް ކަމަށާއި އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށެވެ.
އެގޮތުން މި އަހަރު 12.3 ޕަސެންޓަށް އިގްތިސާދު ކުރިއަރާނެ ކަމަށާއި އަންނަ އަހަރު 7 ޕަސެންޓަށް އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މެނޭޖްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ.
އެކަން ބައިނަލްއަގުއާމީ މާލީ އިދާރާތަކުން ފާހަގަކުރާ ކަމަށް މިއުވާން ވިދާޅުވިއެެވެ. މިއުވާން ވިދާޅުވީ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް އައި އިގުތިސާދީ ކާރިސާއެއް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި ގެނައި ބަދަލެއް ކަަމަށެވެ. ކޮވިޑާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އިގްތިސާދު މެނޭޖް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު