މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާއަތަކަށް ކުރިއެރުން ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން އިއްޔެ ނެރުނު "ކުއާޓްލީ އިކޮނޮމިކް ބުލެޓިންގ"ގައިވާ ގޮތުން ކޯވިޑަށްފަހު އިގްތިޞާދު އަލުން އިއާދަވުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާ މިންވަރަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް، ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް 3 ވަނަ ކުއާޓަރުގައި ކުރިއެރުން ލިބިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން ކުރިންވެސް ލަފާކޮށްފައިވާ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތަށް މަޑުޖެހުމެއް އައީ، އޮފް ސީޒަނަށްވުމުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މަދުވުމުންނެވެ. ނަމަވެސް ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ފަތުރުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެރުން އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އަމާޒުގެ ދެބައި ކުޅައެއްބަޔަށްވުރެ ބޮޑު ބައެއް ހާސިލުވެފައިވާކަން އެމްއެމްއޭއިން ބުނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ކޮންސްޓްރަކްޝަން ސިނާއަތަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 3 ވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ސިނާއަތް ކުރިއެރި މިންވަރު ހަލުވިވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ މަސައްކަތްތެރިން ލިބުމުގައި އަދި ތަކެތި ލިބުމުގައި ފަސޭހަތައް ލިބެން ފެށުމުން އައި ކުރިއެރުމެއްކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާއިރު ވޯލްޑް ބޭންކާއި އައިއެމްއެފް އިންވެސް ވަނީ ރާއްޖެއަށް ލިބެމުންދާ އިގްތިޞާދީ ކުރިއެރުން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުން ބުނާގޮތުން ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެވެ.
އިގްތިޞާދީ ކުރިއެރުން ދެމެހެއްޓުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު އަންނަ އަހަރުގެ އާމްދަނީއަށް އިތުރު 3 ބިލިއަން އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު