ނިޒާމީ ވޯޓު ނުނެގުމަކީ ވައުދު ނުފުއްދުން ނޫން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުގޫބް މިހެން ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ވައުދު އަދި ނުފުއްދޭ ކަމަށާއި އެ ވައުދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ.
ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން މެމްބަރު ޔައުގޫބް އަބުދު ﷲ ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން މީގެ ކުރިން ފެންނަ ނުފެންނަ ވޯޓެެއް ނެގި ކަމަށެވެ. އެގޮތުން އެ ވޯޓްގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފަައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަލުން ނިޒާމާ ބެހޭ ވޯޓެއް ނެގުމަކީ ވައުދެއް ނުފުއްދުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރައީސް ސޯލިހް ތަރައްގީ ގެނެސްދޭތީ އެކަމާ ހަސަދަވެރިވާ ބޭފުޅުންނާއި މެދު ދެވަނަ ފަހަރަށް ވިސްނާލުން ބުއްދިވެރި،" ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޔައުގޫބް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގައި ހިމަނާފައި ކަމަށެވެ. ނަމަވެސް، ފަހުން ކޯލިޝަން ހެދުމަށްފަހު ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި ގޮތަށް އެކަންކުރަން އެއްބަސްވުމަކަށް އާދެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން، އަދާލަތު ޕާޓީއިން ހުށަހަޅާފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ ވޯޓަކަށް ދާން ކަމަށާއި އެ ވޯޓު ވެރިކަމުގެ ދައުރުގެ ފަހު އަހަރު ނެގުމަށްފަހު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްއާރްއެމާއި ޖުމްހޫރީ ޕާޓީންވެސް އެކަމުގައި އެއްބަސްވެވިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ވަކި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރަށްރަށުގައި ކަންތައްތައް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީން ވީ މުހިންމު ވައުދުތައް ނުފުއްދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Nizaamee voteh kurinves vanee nagaafa. Rayyithun nimmee R Nizaam. Anekka evote nunegumaki vaudheh nufudhdhumeh noon. Adhi kuda rasheh, bodu rasheh nubalaa rahrashah @ibusolih tharaggee genesdheythee ekamaa hasadhaverivaa beyfulhunnaa medhu 2 faharah visnaalun budhdhiveri.
— Yaugoob Abdulla (@Yaugoob181) December 1, 2022
"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރައީސް ސޯލިހް ތަރައްގީ ގެނެސްދޭތީ އެކަމާ ހަސަދަވެރިވާ ބޭފުޅުންނާއި މެދު ދެވަނަ ފަހަރަށް ވިސްނާލުން ބުއްދިވެރި،" ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޔައުގޫބް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގައި ހިމަނާފައި ކަމަށެވެ. ނަމަވެސް، ފަހުން ކޯލިޝަން ހެދުމަށްފަހު ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި ގޮތަށް އެކަންކުރަން އެއްބަސްވުމަކަށް އާދެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން، އަދާލަތު ޕާޓީއިން ހުށަހަޅާފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ ވޯޓަކަށް ދާން ކަމަށާއި އެ ވޯޓު ވެރިކަމުގެ ދައުރުގެ ފަހު އަހަރު ނެގުމަށްފަހު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްއާރްއެމާއި ޖުމްހޫރީ ޕާޓީންވެސް އެކަމުގައި އެއްބަސްވެވިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ވަކި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރަށްރަށުގައި ކަންތައްތައް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީން ވީ މުހިންމު ވައުދުތައް ނުފުއްދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު