ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ މުޅި ރާއްޖެ ޝާމިލްވާ ތަރައްގީއަށް ފަރިތަ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙަށް ތައުރީފު ކުރައްވާ އިއްސެ މިއަދު ވިދާޅުވީ، ރައީސް ނުކުމެވަޑައިގެން ހޯއްދެވި ބޮޑު އަގުލަބިއްޔަތުން ރާއްޖޭގެ ރަށްރަށުގައި އެތައް ޒަމާނެއްގައި ހައްލު ނުހޯދި ހުރި އެތައް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައި ވާކަމަށެވެ.
އަދި ރައީސް ޞާލިޙަކީ ތަފާތުކުރުންތަކާއި ދުރު، މުޅި ރާއްޖެ ޝާމިލުވާ ތަރައްގީއަށް ފަރިތަ އެމްޑީޕީވަންތަ ރައީސެއް ކަމަށް ވެސް އިއްސެ ވަނީ ވިދާޅުވެފައެވެ.
އިއްސެ ޓްވިޓާގައި މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ކުރި ކެމްޕޭންގެ ތެރޭގައި ރ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި މެންބަރުންނާއެކު ރައީސް ޞާލިޙް އިންނެވި ފޮޓޯއެއްވަނީ ހިއްސާ ކުރައްވާފައެވެ.
އެހެންކަމުން، މިއީ، އެމްޑީޕީގައި އުފެދިފައި އޮތް ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް ބޭފުޅުންނަށް ނުސީދާ ގޮތެއްގައި ދެއްވި ބަހުގެ ހަމަލާއެއްކަމަށް ބެލެވެއެވެ.

އެކު ނުކުންނަވާ ހޯދި ބޮޑު އަޤްލަބިއްޔަތުން ރާއްޖެތެރޭ ރަށްރަށުގައި އެތައް ޒަމާންނެއްގައި ހައްލު ނުހޯދި ހުރި އެތައް މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވައިފި🙏
— Ismail Ahmed (@N4Isse11) December 1, 2022
ރައީސް ސާލިހްއަކީ ތަފާތުކުރުންތަކާއި ދުރު މުޅި ރާއްޖެ ޝާމިލްވާ ތަރައްޤީއަށް ފަރިތަ އެމްޑީޕީވަންތަ ރައީސްއެއް💪#Ibu2023 pic.twitter.com/uJB8MUwqk6
އިއްސެ ޓްވިޓާގައި މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ކުރި ކެމްޕޭންގެ ތެރޭގައި ރ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި މެންބަރުންނާއެކު ރައީސް ޞާލިޙް އިންނެވި ފޮޓޯއެއްވަނީ ހިއްސާ ކުރައްވާފައެވެ.
އެހެންކަމުން، މިއީ، އެމްޑީޕީގައި އުފެދިފައި އޮތް ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް ބޭފުޅުންނަށް ނުސީދާ ގޮތެއްގައި ދެއްވި ބަހުގެ ހަމަލާއެއްކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު