ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ހުންނެވީ އެނބުރެވޭނެ ދިމާއެއް ނެތް ހާލަތުގައި ކަަމަށާއި އެމަނިކުފާނުގެ ފަސްއަހަރުގެ ކަންކަން ދިޔައީ ހިތާމަވެރި ގޮތަކަށް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ނަމުގައި ކުރިއަށް ގެންދާ ސިލްސިލާގެ ހަ ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ސޯލިހްގެ މިދިޔަ ފަސްއަހަރު ކަންކަން ނިމިގެންދިޔައީ ހިތާމަވެރިގޮތަކަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު، 2019 އާ ހަމައަށް ރައީސް ސޯލިހް އެމަނިކުފާނާއި ވަރަށް ގުޅިގެން އެކުގައި މަަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަަމަވެސް އޭގެ ފަހުން އެކަން މުޅިން ބަދަލުވި ކަމަށާއި ރައީސް ސާލިޙަށް މިއަހަރުގެ މެދަކާ ހިސާބަށް މަސައްކަތް ކުރެއްވުނީ ބާރުތައް ޖަމާކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މި އަހަރުގެ މެދަކާ ހަމައަށް އައި ހިސާބުން އެމްޑީޕީ އޮއްވައި "އެހެން ނެޓްވޯކެއް" އުފެއްދުން އެއީ ފަސޭހަކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިނުގަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު އެކަން ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑު ދެކޭ ގޮތުގައި އެނބުރެވޭނެ ދިމާލެއް ނެތް. ހިތާމަވެރި ގޮތަކަށް މިދިޔަ ފަސް އަހަރު ނިއުޅިގެން ދިޔައީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި މަތިވެ ދަރަނި ނުދެއްކޭ ހާލަތަށް ގައުމު ހިނގައިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖެ ބަނގުރޫޓް ވެދާނެތީއާއި ދައުލަތުގެ ރިޒާވްގައި އެއްޗެއް ނެތް ހާލަތަށް ހިނގައިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ވަކި ތާރީހުތަކެއްގައި ކުރާނެ ކަމަށް ވައުދުވެފައިވާ ކަންކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަންކަން އެ މަގުން ކުރެވެމުން ނުދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު