ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު މަރާލަން ރައީސް ނަޝީދު އުޅުއްވިކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވުމަށް ރައީސް ނަޝީދު ރޭއްވެވިކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ގުޅިގެނެވެ.
އައްޑޫ ޝަރީފް ދެއްކެވި ވާހަކަތަކާއި ގުޅިގެން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޔަކު މަރާލަން އުޅުނުކަމަށް ބުނެ އެމަނިކުފާނާއި ގުޅުވައިގެން ޝަރީފް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށެވެ.
"އަޅުގަނޑަކަށް ނުވިސްނޭ ކޮންތާކުން ކިހިނެއް އުފަންކުރި ވާހަކައެއްކަމެއްވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޔަކު އެެމަނިކުފާނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދެއްކިނަމަވެސް މީގެކުރިން އެކަމާއި އަޅާނުލައްވާކަމަށެެވެ. ނަމަވެސް ޝަރީފް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކޯޓަށް ވަޑައިގަންނަވަން ނިންމެވީ ގިނަ ބަޔަކު މަރާލަން އުޅުނުކަމަށް ބުނެ ބޮޑު ތުހުމަތެއް ކުރުމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ރައީސް ނަޝީދު ވަނީ ކޯޓަށް މައްސަލަ މިހާރު ހުށަހަޅާފައެވެ.
ޝަރީފް ތުހުމަތުކުރައްވާ ގޮތުގައި ރައީސް ނަޝީދު ރާވާފައި އޮތީ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަންކަމަށެވެ. އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެމައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް، ލިޓިގަންޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.
މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

Happening Now : AskSpeaker Episode 6 LIVE
— People's Majlis (@mvpeoplesmajlis) December 1, 2022
#AskSpeaker pic.twitter.com/cDZYppaW8e
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ރައީސް ނަޝީދު ވަނީ ކޯޓަށް މައްސަލަ މިހާރު ހުށަހަޅާފައެވެ.
ޝަރީފް ތުހުމަތުކުރައްވާ ގޮތުގައި ރައީސް ނަޝީދު ރާވާފައި އޮތީ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަންކަމަށެވެ. އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެމައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް، ލިޓިގަންޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.
މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ކިޔުންތެރިންގެ ހިޔާލު