ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވުނު ދިރާސާގެ އަލީގައި ބަންޑާރަ ނާއިބުގެ އޮފީހުން ކަރުދާހެއް ނެރެފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ "ޖުޑީޝަލް ސަރވިސް އެކުލެވިގެންދާ ގޮތް އިސްލާހުކުރުން" ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، މިއަދު ވަނީ އެޓަނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓު ޝާއިއުކޮށްފައިކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންދާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި ކަމާއި ގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި އެކުލެވެނު ކަރުދާހެއްކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިއްމު އެއް ވައުދުކަމަށެވެ. އަދި ޝަރުއީ ދާއިރާގެ އިސްލާހީ މަސައްކަތްތައް 2019 ވަނަ އަހަރު ފަށާފައިވާއިރު، އެމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންކަމަށް އެ އޮފީހުން ބުނެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދިޔައީ އަފުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާއި ގުޅޭ އުސޫލުތަކާއި ފިޔަވަޅު އެޅުމުގެ އިޖުރައާތުތަކާއި، ފިޔަވަޅު އެޅުމުގެ އިޖުރައާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަދި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްކަމަށެވެ.
އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން އެލުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ އިސްލާހީ މަސައްކަތުގެ ފަހު މަރުހަލާގައި ކުރިއަށްގެންދެވޭ މަސައްކަތްކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި ކަރުދާހަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންދާ ގޮތް އިސްލާހުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި ކަމާއިގުޅޭ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާއި ގުޅޭ ބިލު އެކުލަވާލުމުގެ ކުރިން ކަމާއިބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި އާއްމުންގެ ހިޔާލާއި ކަމުގެ މާހިރުންގެ ލަފައާއި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޔާއަތްކޮށް އެކުލަވާލާފައިވާ ކަރުދާހެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު