ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 2 ބޭފުޅަކު ޕްރައިވެޓައިޒޭޝަން ބޯޑުން އައްޔަންކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އައްޔަން ކޮށްފައިވަނީ މއ.އަކިރިފުށި ދެކުނުބައި ނަޖީލް އަޙްމަދާއި، މއ.އެރިޒޯނާ މަރިޔަމް ނާޡިމާއެވެ. މި ދެ ބޭފުޅުން މަޤާމަށް އައްޔަންކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ވޭއްވި ރަސްމިއްޔާތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އާޞިމް މުޙައްމަދެވެ.
މަރިޔަމް ނާޒިމާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މަރިޔަމް ނާޒިމާ އޭގެ ކުރިން ވަނީ އެމްޕްލޯއިމަންޓް ޓްރައިބިއުނަލް އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ. ނާޒިމާ ވަނީ ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ބެޗެލަރސް އޮފް ކޮމާސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ޙާސިލްކުރައްވާފައިވެއެވެ.
ނާޒިމާ އެ ބޯޑަށް އައްޔަންކުރެއްވީ އެ ބޯޑުގައި ކުރިން ހުންނެވި ރިޔާޟް މަންޞޫރުގެ ބަދަލުގައެވެ.
ބޯޑަށް އައްޔަންކުރެއްވި ނަޖީލް އަޙްމަދަކީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ނަޖީލް އަޙުމަދު ދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަޤާމު އަދާކުރައްވަމުންނެވެ.

އަދި، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި، މއ.މަނަސް/ކ.މާލެ، އަލްފާޟިލް ރިޔާޟް މަންޞޫރުގެ ބަދަލުގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް، މއ.އެރިޒޯނާ/ކ.މާލެ، އަލްފާޟިލާ މަރްޔަމް ނާޡިމާ، ޢައްޔަންކޮށްފީމެވެ. pic.twitter.com/ASmvOf8mbc
— Privatization & Corporatization Board (@pcb_gov) November 30, 2022
މަރިޔަމް ނާޒިމާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މަރިޔަމް ނާޒިމާ އޭގެ ކުރިން ވަނީ އެމްޕްލޯއިމަންޓް ޓްރައިބިއުނަލް އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ. ނާޒިމާ ވަނީ ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ބެޗެލަރސް އޮފް ކޮމާސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ޙާސިލްކުރައްވާފައިވެއެވެ.
ނާޒިމާ އެ ބޯޑަށް އައްޔަންކުރެއްވީ އެ ބޯޑުގައި ކުރިން ހުންނެވި ރިޔާޟް މަންޞޫރުގެ ބަދަލުގައެވެ.
ބޯޑަށް އައްޔަންކުރެއްވި ނަޖީލް އަޙްމަދަކީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ނަޖީލް އަޙުމަދު ދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަޤާމު އަދާކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު