ނެޓްފްލިކްސްގައި ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ޝޯގެ ރިކޯޑް، "ވެނިސްޑޭ" ހޯދާފިއެވެ.

އިނގިރޭސިބަހުން ރިލީޒް ކޮށްފައިވާ މި ސީރީޒަށް މިކާމިޔާބީ ލިބިފައިވަނީ 'ސްޓްރޭންޖާ ތިންގްސް' ފަހަތަށް ޖައްސާލުމަށްފަހުއެވެ. ނެޓްފްލިކްސް އިން ބުނީ ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި 83 ގައުމެއްގައި އެންމެ ގިނަބަޔަކު ބަލާ ސީރީސް ލިސްޓުގެ އެއްވަނައިގައި ވެނިސްޑޭ ހިމެނޭ ކަމަށާއި އަދި މިސީރީޒް 341.2 މިލިއަން ގަޑިއިރު ބަލާފައިވާކަމަށެވެ.

މީގެކުރިން މިމަގާމުގައި އޮތީ "ސްޓްރޭންޖާ ތިންގްސް" ސީރީޒުގެ ސީޒަން ހަތަރެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިސީރީޒް ސީޒަން ހަތަރަކަށް 335.01 މިލިއަން ގަޑީރުގެ ވިިއުސް ލިބިފައިވެއެވެ. ނަމަވެސް ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ޝޯވްތަކުގެ ލިސްޓުގެ ކުރީގައި އަދިވެސް ހިމެނެނީ 2021 ވަނަ އަހަރު ރިލީޒް ކުރި "ސްކުއިޑް ގޭމްސް" ސީރީޒެވެ.

ނެޓްފްލިކްސްގައި މިހާރު އެންމެ މަގުބޫލު ސީރީޒް "ވެނިސްޑޭ" ރިލީޒްކޮށްފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން