މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގް ކޮމިޓީގެ 5 ވަނަ ބައްދަލުވުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވި މި ބައްދަލުވުމުގައި ޕްރޮޖެކްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، އަދި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ޓައިމްލައިންތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށް، މަޝްވަރާ ކޮށްފައިވެއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން، ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެވަޑައިގެން ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، މާލޭގައި އެއްގަމުގައި ޖަހާ ބްރިޖްގެ ކޮންކްރީޓް ތަނބުގެ މަސައްކަތް މިދިޔަ ހަފްތާތެރޭ ނިމިފައިވާ ކަމަށެވެ.
މިއީ ޓެސްޓް ޕައިލިންގެ މަސައްކަތަށްފަހު، މި ޕްރޮޖެކްޓްގައި ދާއިމީކޮށް ޖެހި ފުރަތަމަ ތަނބުކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިހާރު ވަނީ މޫދުގައި ޖަހާ ތަންބުތައް ޖެހުމުގެ ކުރިން، ޓެސްޓް ތަނބު ޖެހުމަށްވެސް ތައްޔާރުވެފައެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ މިހާރު ވަނީ ހަދާ ނިންމާފައެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.
ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު