އެމްޑީޕީގެ ވެރިކަމެއް ދެންވެސް ގެނެސްދިނުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ގައުމާއި ރައްޔިތުންނަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ އެ ނިންމެވުމަށް ނިހާދުގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ނިހާދު ވިދާޅުވީ، މި ހާލަތުގައި އެމްޑީޕީގެ ވެރިކަމެއް އުފައްދައިދިނުމުގެ ފުރުސަތު އެންމެ ބޮޑު އެމްޑީޕީގެ މެންބަރަކީ ރައީސް ޞާލިޙް ކަމަށެވެ.

ނިހާދު މިފަދައިން ވިދާޅުވިއިރު، ރައީސް މުޙައްމަދު ނަޝީދު ވެސް މިހާރުވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަ ކުރައްވާފައެވެ. އަދި އަންނަ ހުކުރު ދުވަހު ތިނަދޫކޮށް ރަސްމީކޮށް ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފައްޓަވާނެ ކަމަށް ވެސް މިހާރުވަނީ އިޢުލާން ކުރަށްވާ ފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން ކަށަވަރުވުމާއިއެކު އެމްޑީޕީގެ ދެ ފެކްޝަންގެ ބޭފުޅުންވެސް މިހާރުވަނީ ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު