މާދަމާ ވެގެންދާނީ ފީފާ ވޯލްޑްކަޕްގައި ތާރީހީ މުހިންމު ދުވަހަކަށެވެ. އެއީ ފީފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ވޯލްޑްކަޕެއްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީންތަކެއް މާދަމާ ރެފްރީކަން ކުރަން ހަމަޖެހިފައިވާތީއެވެ.

ފީފާއިން މީގެ ކުރިންވެސް ވަނީ މި ވޯލްޑްކަޕްގައި އަންހެން ރެފްރީން ފެނިގެންދާނެކަން ހާމަކޮށްފައެވެ. ވޯލްޑްކަޕް ފަށަން އޮތް ދުވަހު، ފީފާގެ ރެފްރީންގެ ކޮމެޓީގެ ޗެއަރމަން އަދި ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ ބުނެފައިވަނީ، އަންހެން ރެފްރީން މި ވޯލްކަޕްގައި ރެފްރީކަން ކުރާނެ ކަމަށާއި އެ މީހުން ރެފްރީންގެ ގޮތުގައި ނެގީ އެއީ އަންހެނުންކަމަށްވާތީ ނޫންކަމަށެވެ. އަދި އެ ރެފްރީންނަކީ ކޮންމެ މެޗެއްވެސް ރެފްރީކަން ކޮށްދެވިދާނެ ފެންވަރު ހުރި ބަޔަކަށް ވާތީ ކަމަށް ކޮލީނާ ވަނީ ބުނެފައެވެ.

ފީފާއިން މިއަދު ބުނީ، މާދަމާ ކޮސްޓަރިކާ އާއި ޖަރުމަނު ބައްދަލުކުރާ މެޗުގައި ތިން ރެފްރީންގެ ގޮތުގައި ވެސް މަސައްކަތް ކުރާނީ އަންހެން ރެފްރީން ކަމަށެވެ.



އެ މެޗުގައި ލީޑް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އުމުރުން 38 އަހަރުގެ ސްޓިފެނީ ފްރެޕާޓަކީ ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތަކުގައި ވެސް ރެފްރީކަން ކޮށްފައިވާ ރެފްރީއެކެވެ.

ފިރިހެނުންގެ މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި މިއީ އަންހެނުން މިހާ އިސްސަފުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް މިފަހަރުގެ މުބާރާތުގައި މުހިންމު އެކި މަގާމުތަކުގައި އަންހެނުން ދަނީ ލީޑަރޝިޕް ދައްކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން