އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިޔަށް އޮތް އަހަރުގެ ބަޖެޓު ފާސްކުރުމަށް އެމްޑީޕީން ނެރެފައިއޮތް ތްރީލައިން ވިޕާއި ހިލާފުވި އެ ޕާޓީގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ބަޖެޓުގައި ހުރި އަދަދުތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެމްޑީޕީގެ ނުވަ މެންބަރަކު އިއްޔެ ބަޖެޓަށް ވޯޓު ދީފައެއް ނުވެއެވެ. އެ މެންބަރުންގެ ތެރޭގައި މުޅީންވެސް ހިމެނެނީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.
މި މައްސަލާގައި މޫސަ މިއަދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސީ ކުރިމަގު ބިނާވެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލު ކުރާގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ޕާޓީގެ ވިޕްލައިނާއި ހިލާފުވެ ހިތުހުރިހާ އެއްޗެއް ގޮވާފައި ގަދަފައި ވިއްދީމަމާ ލަދުވެތިވާންޖެހުން ނޫންކަމެއް ނުވާނެ ކަމަށް ރޯކޯ ވަނީ ވިދާޅުވެފައެވެ.
އަދި ޖީޕީ ގްރޫޕްގެ އުސޫލާއި ހިލާފުވި މެންބަރުންނަށް ފިޔަވަޅު އެޅުމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.
ވިޕްލައިނާއި ހިލާފުވުމުގެ މައްސަލާގައި މޫސަ ގެންދަވަނީ ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، މޫސަ އަކީ އެފަދަ ވިޕަކާއި ހިލާފުވެގެން އެމްޑީޕީން ފިޔަވަޅު އަޅައި، ޕާޓީން ވަކިކޮށްފައިވާ މެންބަރެކެވެ.

MDPގެ ސިޔާސީ ކުރިމަގު ބިނާވެފައޮންނަނީ ރ މަޖްލިސްގަ ޕާޓީ ތަމްސީލްކުރާގޮތުގެ މައްޗަށް، ޕާޓީގެ ވިޕްލައިން ބްރޭކްކޮށް ހިތުހުރިހާއެއްޗެއް ގޮވާފަ ގަދަފައި ވިއްދީމަ ލަދުވެތިވުންފިޔަވާ އެހެންކަމެއް ނުވާނެ އުސޫލާޚިލާފްވީމީ ހުނަށްފިޔަވަޅުއަޅުއްވާ @aslamdp
— Moosa Maniku (Reeko) (@ReekoMoosa) November 29, 2022
އަދި ޖީޕީ ގްރޫޕްގެ އުސޫލާއި ހިލާފުވި މެންބަރުންނަށް ފިޔަވަޅު އެޅުމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.
ވިޕްލައިނާއި ހިލާފުވުމުގެ މައްސަލާގައި މޫސަ ގެންދަވަނީ ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، މޫސަ އަކީ އެފަދަ ވިޕަކާއި ހިލާފުވެގެން އެމްޑީޕީން ފިޔަވަޅު އަޅައި، ޕާޓީން ވަކިކޮށްފައިވާ މެންބަރެކެވެ.
ކިޔުންތެރިންގެ ހިޔާލު