މި ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ބުނެފިއެވެ.
އެ ޕާޓީން މިފަދައިން ބުނެފައިވަނީ، ސަރުކާރުން މިފަހުން ނިންމި މުހިންމު ބައެއް ނިންމުންތަކާއި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓާއި ގުޅިގެން އެކަންކަމުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ޕާޓީން ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ބަޖެޓާއިއެކު، މި ހިނގާ އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި މައްސަލައެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓަކީ ވަކިން ހުށަހަޅައިގެން ފާސްކޮށްގެން ހަރަދު ކުރަންޖެހޭ ބަޖެޓެއްކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެއާއި ހިލާފަށް އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، ފާއިތުވި އަހަރު މަޖިލީހުން ފާސްކުރި ބަޖެޓާއި އަދި ރިވައިޒްކޮށްގެން ފާސްކުރާ ބަޖެޓާއި އަހަރު ނިމޭއިރު ކޮށްފައިހުންނަ ހަރަދު ދިމާނުވާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ފާއިތުވި 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް، ފާސްކުރި އަދަދަށްވުރެ އިތުރަށް ސަރުކާރުން ރިކަރަންޓް ހަރަދުގެ ގޮތުގައި އެވަރެޖުކޮށް 4.2 ބިލިއަން ރުފިޔާ ހަރަދުކުރާކަން ވަނީ ފާހަގަ ކޮށްފައެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ ބައެއް އަދަދުތައް ލިބޭނެ ގޮތްތައް ސާފުކޮށް ބަޔާން ކޮށްފައިނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނީ، ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭނުންކުން 2 ބިލިއަން ރުފިޔާ ޗާޕު ކުރުމުން ދިވެހި ފައިސާގެ އަގުވެއްޓި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އެތައް ގުނައެއް ވަނީ އުފުލިފައި ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީން ދެކޮޅުޖެއްސުން ތަކުލީފަކަށް ވެފައިވާކަމަށް ވެސް އެމްއާރްއެމްގެ ވަނީ ބުނެފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކުރުމަކީ ރައްޔިތުން އިތުރަށް ބިކަވެގެން ދާނެކަމެއްކަމަށް ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ސަބަބުތަކަށްޓަކައި ބޭރުފައިސާ ހިފެހެއްޓޭނެ ގޮތްތައް ބެލުމަށާއި ބަޖެޓުން ދެކޮޅު ޖެއްސޭގޮތަށް ހަރަދުތައް ކުރުމަށް އެމްއާރްއެމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ބޭރު ގައުމުތަކުން ލޯނު ނެގުމުގެ ބަދަލުގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އެމްއާރްއެމުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު