ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ގޮތަކަށް ވޯޓްދީގެން އެ މެމްބަރުންނަށް ފިޔަވަޅެއް ނޭޅޭނެކަމަށް އެމްއެންޕީގެ ނައިބު ރައީސް، އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވުމުންނެވެ.
ބަޖެޓު ފާސްކުރުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި 61 މެންބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
އޭގެތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރަކު ހިމެނެއެވެ.
ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ބާރެއް އެމްޑީޕީއަށް ގާނޫނު އަސާސީން ދީފައި ނޯންނާނެކަމަށެވެ. އަދި އެފަދަ ބާރެއް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަށްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުންކަމަށެވެ. އަދި ވަކި ގޮތަކަށް ވޯޓްލާން އެ މީހުންނަށް ނޭންގޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ބާރެއް އެމްޑީޕީއަށް ގާނޫނު އަސާސީން ދެވިފައެއް ނެތް. އަދި އަސްލަމްއަށްވެސް ގާނޫނު އަސާސީގެ ދަށުން އެފަދަ ބާރެއް ދެވިފައެއް ނުވޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން، ވަކި ގޮތަކަށް ވޯޓްލުމަށް އެ މީހުންނަށް ނޭންގޭނެ." ޝަރީފް ވިދާޅުވިއެވެ.
ވިޕްލައިނާ ހިލާފުވި މެންބަރުންނާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ވިޕްލައިނާ ހިލާފުވުމަކީ ބައެއް މެންބަރުންގެ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި އެފަދަ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވިއިރު އަޅުއްވާނެ ފިޔަވަޅެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު