އަހުމަދު މަސްނޫމް   29 ނޮވެމްބަރު 2022 - 10:18
ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ރައީސެއްކަން އެމަނިކުފާނު ދަނީ ސާބިތު ކޮށްދެއްވަމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ކަރަންޓުން ހަމަހަމަކަމާއެކު އަގު ނެގުމަށް މަޖިލީހުން ފާސްވެގެން ދިޔުމުން ރައީސް ސާލިހު ގެންގުޅުއްވާ ހަމަހަމަ އުސޫލު ހާމަވެގެން ހިނގައްޖެކަމަށެވެ. އަދި ތަފާތު ކުރުމެއްނެތި އެއް ހަމައެއްގައި ހިދުމަތް ދިނުމުގެ ލާމަސީލުކަންވެސް ސާބިތުވެއްޖެކަމަށް ސައުދު ވިދާޅުވިއެވެ.



ސައުދު ވިދާޅުވީ ރައްޔިތުންގެ ރައިސެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ޝަރުތެއް ރައީސް ސާލިހުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އިއްޔެ މަޖިލީހުން ފާސްކުރި ކަންކަމާއެކު ރާއްޖެތެރޭގެ ވިޔަފާރިވެރިން، އަދި އާއްމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބި، ބޮޑުވި ދޭއް އިންސައްތަ ޓެކްސްގެ ދެ ގުނަ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު