ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގެ އިމާރާތްތައް 8 ބުރިއަށް އިމާރާތްކުރަން ހުއްދަދޭން ނިންމާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގެ އިމާރާތްތައް ކުރިން 6 ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވީ ނަމަވެސް އެ އިމާރާތްތައް އިތުރު 2 ފްލޯއަށް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

އެޗްޑީސީން ބުނީ މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިބަދަލުގެނައުމުގެ ބޭނުންތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުންވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ އަމާޒަކީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުން ކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އެގޮތުން ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހިންގާ ގަރާޖުތަކަށާއި އެހެނިހެން މަސައްކަތްތަކަށް ލުއިތަކެއް ދިނުމަށް ގަވާއިދުތަކަށް ގެނެވުނު ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޚިދުމަތް ހޯދާއި ޚިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު